ފޮރިން މިނިސްޓަރު ހަލީލް އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި 
ފޮރިންގ މިނިސްޓަރ ޚަލީލް މޯދީއާ ބައްދަލުކުރައްވަނީ: ފޮޓޯ-ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ހަލީލް އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި 

1 year ago - 18:13
Jul 26, 2025 - 00:05
Advertisement
Advertisement

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއީ މޯދީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދިޔަ ޒިޔާރަތެކެވެ.

ބޮޑު ވަޒީރު މޯދީއަށް މަރުހަބާ ދަަންނަވައި، މިނިސްޓަރ ހަލީލް އާ ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި ހިންގަމުންދާ ޒަމާންވީ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބޮޑުވަޒީރު މޯދީގެ ފަރާތުން ވަނީ އިންޑިއާއިން އަބަދުވެސް އެކި ދާއިރާއިން ދެގައުމުގެ ގުޅުން ހަރުދަނާކުރުމަށް އެއްބާރުކުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

އަދި ޒިޔާރަތް ނިންމަވާލެއްވުމުގެ ގޮތުން ދެޤައުމުގެ ފަރާތުންވެސް ގުޅުންހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމުގައި ދެމިތިބޭނަކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement