މޯދީގެ މިފަހަރުގެ ދަތުރުން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް!
ރައީސް މުއިއްޒު މިއަދު މޯދީއާ ބައްދަލުކުރައްވަނީ; ފޮޓޯ-ރައީސް އޮފީސް

މޯދީގެ މިފަހަރުގެ ދަތުރުން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް!

17 hours ago - 18:48
Jul 25, 2025 - 18:49
Advertisement
Advertisement

މޯދީގެ މިފަހަރުގެ ދަތުރުން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދޭން ނިންމާ އެކަން އިއުލާނުކުރައްވައިފިއެވެ. މިކަން އިއުލާނުކުރެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެން ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހު އެވެ.

އިންޑިޔާއާއެކު ސޮއިކުރި މުހިއްމު އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ހަމަޖައްސައިދިނުމުގެ އެއްބަސްވުމެވެ.

އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު އެވެ.

އިންޑިޔާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ބޭނުން ހިފާނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއާއި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ދިފާއީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންކުރާނެއެވެ.

Advertisement
Advertisement

މިދިޔަ ސަރުކާރުގައިވެސް އިންޑިޔާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 878 މިލިއަން ޑޮލަރު ހަމަޖައްސައިދިނެވެ. އޭގެތެރެއިން ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ބޭނުން ނުކުރެވިވާ ކަމަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވިއެވެ. ޞާލިހު ވިދާޅުވީ އެއީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާ ކަމަށެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހިސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިންޑިޔާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓްގެ މަޝްވަރާތައް ފެށިފައިވާތީ އެކަން ރައީސް ޑރ.މުޙައްމަދު މުއިއްޒު މިއަދު ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެއީ ވަރަށް ބޮޑު އުފަލެއްގެ އިތުރުން ދެގައުމުގެ ގުޅުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement