4000 ފްލެޓް ސަރުކާރާ ހަވާލުކޮށްފި
ރައީސް މުއިއްޒުއާ އިންޑިޔާގެ ބޮޑުވަޒީރު މޯދީ: ފޮޓޯ-ރައީސް އޮފީސް

4000 ފްލެޓް ސަރުކާރާ ހަވާލުކޮށްފި

9 months ago - 18:59
Jul 25, 2025 - 18:59
Advertisement
Advertisement

އިންޑިޔާ ސަރުކާރުގެ އެހީގައި މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 4000 ފްލެޓް ނިންމާ މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފްލެޓް ތަކުގެ ރަމްޒީ ތަޅުދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ހަވާލުކުރެއްވީވެސް މޯދީ އެވެ.

ފްލެޓްތައް ދިވެހި ސަރުކާރާ ހަވާލުކުރިއިރު އެފްލެޓްތަކުގެ ހައްގުވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ. އަދި އެފްލެޓްތަކުގައި މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް މުޅިން ނިމި އެތަނުގައި އެންމެންނަށް ދިރިއުޅެވޭވަރު ވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. ކުރިއަށް އޮގަސްޓް މަހު އެފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭވަރު ވާނެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށް ނިމިފައިވާ 4000 ފްލެޓްގެ ތެރެއިން 2000 ފްލެޓް އެޅީ އިންޑިޔާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓަރަކްޝަން ކޯޕަރޭޝަނުންނެވެ. އަދި އަނެއް 2000 ފްލެޓް އިމާރާތްކުރީ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑުންނެވެ. ފްލެޓްތައް އިމާރާތްކުރީ އިންޑިޔާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement