ބިދޭސީންގެ ބައޯމެޓްރިކްސް ނެގޭނެ އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިފި
ބިދޭސީންގެ މައްސަލައަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް / ފޮޓޯ: މިނިސްޓްރީ

ބިދޭސީންގެ ބައޯމެޓްރިކްސް ނެގޭނެ އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިފި

3 days ago - 14:29
Mar 6, 2025 - 14:37
Advertisement
Advertisement

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމަށް މި ރޯދަ މަހު 4 ތަނެއް ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މި އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނީ އެންސީއައިޓީގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައާއި، ނޯތު ހާބަރުގައި ބަހައްޓާފައިވާ ޑެސްކެއްގަ އާއި، ކަލާފާނު ސްކޫލް ހޯލުގައި ކަމަށެވެ.  އަދި މިއަދުން ފެށިގެން ރެހެންދި ސްކޫލް ހޯލްގައިވެސް މި ޚިދުމަތް ލިބޭނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ރެހެންދި ސްކޫލް ހޯލުން ކޮންމެ ދުވަހަކު ރޭގަނޑު (ހުކުރު ދުވަސް ފިޔަވައި) 9:30 އިން 12:30 އަށް މި ޚިދުމަތް ލިބޭނެ ކަމަށާއި، އެހެން ތަންތަނުން ހެނދުނު 9:30 އިން ހަވީރު 4 އަށް އަދި ރޭގަނޑު 9:30 އިން 11:30 އަށް މި ޚިދުމަތް ލިބޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ 7690228 ނަމްބަރަށް ގުޅުމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފައެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement