ސިފަމާ ފަން ރަން 2026 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ސިފަމާ ފަން ރަން 2026 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

7 hours ago - 09:29
Advertisement
Advertisement

ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އިންތިޒާމުކޮށްގެން ބޭއްވި "ސިފަމާ ފަން ރަން 2026" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.


ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މި ދުވުމުގެ ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.


"ސިފަމާ ފަން ރަން 2026" ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ދުވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ސިފަމާގެ ފަރާތުން އެކަމަނާއަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އެކަމަނާއާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.


ސިފައިންގެ ޢާއިލާތަކާއި އާންމު ރައްޔިތުން ހިމެނޭހެން 1,000 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ދުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ބޭއްވި ޙަރަކާތެކެވެ. ދުވުމަށްފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްޞަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.


މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން މި ދުވުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ. މިފަދަ ޙަރަކާތްތަކަކީ ސިފައިންގެ ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި އިޖުތިމާޢީ ރޫޙު އާލާކުރުމަށް ބާއްވަމުން އަންނަ މުހިންމު ޙަރަކާތްތަކެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement