ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

5 hours ago - 11:18
Advertisement
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން އެ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.


އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާއަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ލިބިގެންދާނެ ކަމަށެވެ.


މި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، ޖޫން 15، 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވުޒާރާއިން މީގެ ކުރިން ވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކުރުމަށްޓަކައި އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ވުޒާރާއިން ބުނެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ ގޮތަށެވެ. ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ އާއިލާތަކާއި، އުމުރުން ދުވަސްވީ މައިންބަފައިން ބަލާ ފަރާތްތަކުގެ އިތުރުން، އެކަނިވެރި މައިންނާއި ބަފައިންނަށް މި މަޝްރޫޢުގެ ދަށުން ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement