ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެ

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެ

2 hours ago - 21:34
Advertisement
Advertisement

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މާދަމާ ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބާ ގުޅޭގޮތުން ކެމްޕެއިން ކުރުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. މި މަނާކުރުން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ދެމިއޮންނާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.


މި ފަހަރުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ޖުމްލަ 5 ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި.
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި (އަންހެނުންނަށް ޚާއްސަ).
  • ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމު.
  • ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަޤާމު.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މި އިންތިޚާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ރަށްރަށާއި މާލޭގައެވެ. މިގޮތުން ކެލާ، މާވަށް އަދި ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ތަނެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ފޮށި ބަހައްޓާނެއެވެ.


މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 6,093 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކެލާއިން 1,729 މީހުން، ނޭކުރެންދޫއިން 1,056 މީހުން، ދޮންފަނުން 441 މީހުން، މާވަށުން 1,556 މީހުން އަދި ދަޑިމަގު އަވަށުން 1,311 މީހުންނެވެ.


މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި 6 ވޯޓު ފޮއްޓެއް މާލޭގައި ބަހައްޓާނެއެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އަދި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ވޯޓު ފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement