މޫސުން ގޯސްވެ، މާފުށީ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް ތޮށިމައްޗަށް އުރިއްޖެ!
ފޮޓޯ- އެމްވީ ކްރައިސިސް

މޫސުން ގޯސްވެ، މާފުށީ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް ތޮށިމައްޗަށް އުރިއްޖެ!

13 hours ago - 14:12
Jul 31, 2026 - 14:13
Advertisement
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން، ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެ ރަށު ތޮށިމައްޗަށް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މާފުށިން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިބާރުވެ، ރަށު ބޭރުގައި އަޅާފައި އޮތް އެ ސަފާރީގެ ނަގިލި ކަނޑައިގެން ދިއުމާ ގުޅިގެންނެވެ.


ނަގިލި ކަނޑައިގެން ދިޔަަތާ މާ ގިނައިރުތަކެއް ނުވަނީސް، އޮޔާއި ވަޔާއެކު އެ ސަފާރީ ގޮސް ލައްވީ މާފުށީ ބަނދަރުގެ ތޮށިމައްޗަށެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި، ތޮއްޓަށް އުރުނުތާ ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި، ރާޅުތަކުގެ ސަބަބުން ސަފާރީ ވަނީ އެއްކޮށް ކުދިކުދިވެފައެވެ.


މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް، ވައިގަދަ ދުވަސްވަރަކަށް ވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައާއި ފަޅުތެރޭގައި އުޅަނދުފަހަރު އެޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement