ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ޝަމީމަށް ހަމަލާ ދިނީ ޖެނުއަރީ 31 ގައި

29 days ago - 11:29
Aug 21, 2024 - 11:30
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާކުރަން ފޮނުވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެމައްސަލައިގެ ތަހުގީގު ނިންމާ, 7 މީހަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ހައްޔަރުކުރި 7 މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި, ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އާދިއްތަ ދުވަހުއެވެ. ޕީޖީ ހުސައިން ޝަމީމަށް ބަޔަކު ހަމަލާދިނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާއަށް ހަމަލާދިނީ ސައިކަލް ޕާރކް ކުރުމަށްފަހު ގެއަށް ވަޑައިގަންނަވަނިކޮށެވެ. އޭނާއަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން މީހަކު މަރުތޭލަކުންނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތު މުލައްދަނޑި އަށެވެ. ހަމަލާ ދިން މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. ތަހުގީގަށް ބަންދުކުރި 7 މީހުންވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް އެއިދާރާއިން ބުންޏެވެ. 

ޕީޖީ ޝަމީމްގެ މައްސަލައިގަ ދައުވާކުރަން ފޮނުވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމުގެ ކަންކަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކުރިއަށް ގެންދަނިކޮށެވެ. ޕީއެންސީގެ ފަރަތުން ހުށަހަޅާ ޝަމީމް ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ, މަގާމްގެ ދިފާއުގައި ނިންމުންތައް ނިންމަވާފައިވާ ކަމަށް ވިދާޅުވެއެވެ. އޭނާއަށް މިހާރު އޮތީ މަޖިލިހުގެ ކޮމިޓީގައި ޖަވާބުދާރީ ވުމެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement