ޢާއްމު ތަންތަނުގައި ބަރަހަނާ ވުމުގެ ރެކޯޑް އޮތް މީހަކު ބަރަހަނާވެގެން ހައްޔަރުކޮށްފި
15 ދުވަހަށް އޭނާ ބަންދުކުރަން ވަނީ އަމުރުކޮށްފަ
ޢާއްމު ތަންތަނުގައި ބަރަހަނާ ވުމުގެ ރެކޯޑް އޮތް މީހަކު ބަރަހަނާވެގެން ހައްޔަރުކޮށްފި އެވެ.
މައްސަލައިގަ ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުރިން ސްކޫލެއްގައި. ބަރަހަވަނާވި މީހާ މިފަހަރު ހައްޔަރުކުރީ މިސްކިތެއްގައި ބަރަހަނާ ވެގެންނެވެ. އަންހެނުންތަކެއް ތިއްބާ އޭނާ ބަރަހަނާވީ އައިޖީއެމްއެޗްގެ އެތެރޭގައި ހުންނަ މިސްކިތުގައެވެ. އޭނާގެ ބަންދުގެ މުއްތަދު ޖަހަން ކޯޓަށް ކޯޓަށް ހުށަހެޅި ލިޔުންތަކުން އިނގޭގޮތުން ޖިންސީ ގުނަވަން އަންހެނުންތަކަށް ދެއްކި އެވެ. ކޯޓުން ވަނީ 15 ދުވަސް އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.
ކޯޓްގައި އެމީހާ ވާހަކައެއް ނުދައްކައެވެ. އަދި ވަކީލަކުވެސް ބޭނުން ނުވާކަމަށް ބުންޏެވެ.
ރިއެކްޝަންސް