މާމިގިލި ކައިރިއަށް ފީނަންފޭބި 15 އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާމިގިލި ކައިރިއަށް ފީނަންފޭބި 15 އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

9 months ago - 21:28
Jul 14, 2025 - 21:31
Advertisement
Advertisement

އދ. މާމިގިލި ކައިރިއަށް ފީނަން ފޭބިފަހުން  ގެއްލިގެން ހޯދަމުންދިޔަ 15 އަަހަރުގެ ފިރިހެންކުއްޖާ މާމިގިލި ބޭރުން މޫދުއަޑީގައި މަރުވެފައިއޮށްވާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ. 

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ފުލުހުން ވަނީ ކުއްޖާގެ ހަށިގަނޑު މިހާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ވެސް ބުނެފައި ވެއެވެ. ފުލުހުންބުނީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ކުއްޖާ ވަނީ ނިޔާވެފައި ކަމުގައެވެ. 

މާމިގިލި ބޭރަށް އެކުއްޖާ ފީނަން ފައިބާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އިތުރު ތިންކުދިންނާއެކު ފީނަށް ފޭބި އެކުއްޖާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 19:00 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. 

ކުއްޖާ ފެނިފައިވަނީ ފުލުހުންނާއި އެމްއެންޑީއެފް އަދި އާންމުން ގުޅިގެން ކުއްޖާ ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. ސިފައިންގެ ޑައިވަރުންނަށް ކަނޑުގެ 19 މީޓަރު އަޑިން ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމުގައި ފުލުހުންވަނީ ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement