ފްލެޓް އެގްރިމަންޓްތަކުގައި ސޮއިކުރުން އަންނަ ހަފްތާގައި ފެށޭނެ- ވަޒީރު
މިނިސްޓަރ މުއްޠަލިބު އަހާ ފޯރަމްގައި މައުލޫމާތު ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ފްލެޓް އެގްރިމަންޓްތަކުގައި ސޮއިކުރުން އަންނަ ހަފްތާގައި ފެށޭނެ- ވަޒީރު

އެއްބަސްވުންތައް ވަނީ ފައިނަލް ކުރަން އޭޖޯ އޮފީހަށް ފޮނުވާފަ

7 hours ago - 06:06
Jul 15, 2025 - 06:11
Advertisement
Advertisement

4000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިޔަގީންކަން ވަޒީރު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕީއެސްއެމްއާ ގުޅިގެން ކުރިއަށް ގެންދިޔަ 'އަހާ' ފޯރަމްގައި ޢާއްމު ރައްޔިތަކު އެކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ މިހާރު ކުރަމުންދަނީ ސޮއިކުރަން ފެށުމުގެ ކުރިން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމާއި, ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. މިހާރުގެ ޓާގެޓަކީ އެހުރިހާ ކަންތައްތަކެއްވެސް ހަމަޖައްސާ އަންނަ ހަފްތާގެ ތެރޭގައި އެގްރިމަންޓްގައި ސޮއިކުރަން ފެށުންކަމަށް ވިދާޅުވިއެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަކީ ހަމަ އޮފީހަށް ގެނެސް ސޮއިކޮށްލާހެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި, އެއީ ޚިދުމަތެއްގެ ގޮތުގައި ކުރަން ޖެހޭ ވަރަށް ބޮޑު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ މިހާރު ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ތަނެއް ކަނޑައެޅި, އެތަނުގައި ޓެންޓް ޖެހުމުގެ މަސައްކަތާއި, އިދާރީ ކަންކަން ކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.

އަދި އުޞޫލުގައި ހުރި ކަންކަން ހުރީ ސައްހަގޮތުގައިތޯ ބަލާ ވެރިފައި ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އުސޫލުގައި ހުރި ކަންކަން ހުރީ ސައްހަގޮތުގައިތޯ ބަލަމުން ދަނީ ނިމިފަހުރި ޓަވަރުތަކުން ފްލެޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެންކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު ލިސްޓްތަކެއް ފައިނަލް ކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Advertisement

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިންވެސް ދެންނެވި ގޮތަށް ޖުލައިމަސް ތެރޭގައި އެގްރިމަންޓްގައި ސޮއިކުރުމާއި އަދި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެގްރިމަންޓްތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ފްލެޓް ދެނީ މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަށެވެ. އެކަމަކު ކަނޑައެޅިގެން ދޮގު މައުލޫމާތު ދީގެން ފްލެޓް ހޯދާފައިވާކަން ދައުލަތުގެ ނިޒާމްގެ ތެރެއިން އިނގޭނަމަ އެފަރާތްތައް 'ޑިސްކޮލިފައި' ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް މިހާރުވެސް ލިޔުން ފޮނުވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement