ދިހަވަރަކަށް ހާސް ހައުސިންގ ޔުނިޓަށް މަސައްކަތް ކުރެވެމުން އެބަދޭ- މުއްޠަލިބު
ހިޔާ ފްލެޓްތައް ދިނީ ލިސްޓަށް ބަދަލުގެނެސްގެން

ދިހަވަރަކަށް ހާސް ހައުސިންގ ޔުނިޓަށް މަސައްކަތް ކުރެވެމުން އެބަދޭ- މުއްޠަލިބު

ހިޔާ ފްލެޓް ލިބި ފަހުން އަތުލި މީހުންނަށް އިސްކަން ދޭނެ

6 hours ago - 06:35
Jul 15, 2025 - 06:36
Advertisement
Advertisement

ދިހަވަރަކަށް ހާސް ހައުސިންގ ޔުނިޓަށް މަސައްކަތް ކުރެވެމުން އެބަދާ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ވަޒީރު ވިދާޅުވީ މިހާރު ކުރެވެމުންދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ މިހާރު ސޮއިކުރެވިފަ އަދި ސޮއިކުރުމަށް ތައްޔާރުވަމުންދާ ހައުސިންގ ޕްރޮޖެކްޓްތަކަށް ބަލާއިރު މިހާރުވެސް ދިހަވަރަކަށް ހާސް ހައުސިންގ ޔުނިޓަށް މަސައްކަތްކުރެވެމުން އެބަދާ ކަމަށެވެ. އެއީ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އޭގެތެރެއިން މާލަސްތަކެއްނުވެ ގުޅިފަޅުގައި ހިންގަން ބޭނުންވާ 4000 ފްލެޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ހިޔާ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި, ފަހުން އެލިޔުން ކެންސަލް ކުރި ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަކިން ޚާއްޞަ ނިންމެވުމެއްގެ ގޮތުގައި އަންގަވާފަ އެބައޮތްކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ ކޮންމެ މަޝްރޫއެއް ނަމަވެސް އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި ހިޔާ ފްލެޓްގަ އޭރު ފްލެޓް ދިނުމަށްފަހު އެކެންސަލް ކުރި ފަރާތްތަކަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްވެސް މެއެވެ. ހިޔާ ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުއްވީ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ގެދޮރުވެރިކަމާބެހޭ ވަޒީރަކަށް މިހާރުގެ ރައީސް ޑރ.މުއިއްޒު ހިންނެވި އިރުއެވެ. އެކަމަކު ޖެހިގެން އައި އެމްޑީޕީ ސަރުކާރުން އެލިސްޓް ބަދަލުކުރިއެވެ.

"ހިޔާ ފްލެޓް ލިބޭނެކަމަށް ލިޔުން ދިނުމަށްފަހު ނުދީ ހުރި ފަރާތްތަކުގެ ތެރެއިން މިހާރުގެ ހާލަތަކަށް ބަލާއިރު އެފަރާތްތަކަކީ ބޯހިޔާބަހިކަމެއް ނެތް ފަރާތްތަކަށްވާނަމަ އިސްކަންދޭނަން. އެބަތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތައްވެސް. ފްލެޓްތައް އަތުލާފަވަނީ އިންސާފްވެރިކޮށެއްނޫން" ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

ވަޒީރު ވިދާޅުވީ މިދިޔަ ފަސްއަހަރު މިދިޔައީ އެފަރާތްތަކަށް އިންސާފެއް ނުލިބި ކަމަށާއި, މިސަރުކާރުން ހިންގާ ޕްރޮޖެކްޓްގެ ތެރެއިން ހިޔާ ފްލެޓްތައް ލިބި ކެންސަލް ކުރި ފަރާތްތަކަށް އިސްކަންދެވޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement