
ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ފައިސަލްއާ ހަވާލުކުރައްވައިފި
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން، ހައި ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު މުހައްމަދު ފައިސަލްއާ ހަވާލުކުރައްވައިފިއެވެ.
ހައިކޯޓުން ވިދާޅުވީ މި ބަދަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެންގުމަކާ އެއްގޮތަށް ގެންނެވި ބަދަލެއް ކަމަށެވެ.
ފަނޑިޔާރު ފައިސަލްއަކީ 2018 އިން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރެކެވެ. އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރައްވަނީ އިއްޔެއެވެ.
ރިއެކްޝަންސް






