ސަރުކާރުން ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތަކުން އެދުނު އިސްލާހެއް- ހަބީބު
އިސްމާއީލް ހަބީބު

ސަރުކާރުން ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތަކުން އެދުނު އިސްލާހެއް- ހަބީބު

23 days ago - 07:46
Oct 30, 2024 - 07:46
Advertisement
Advertisement

ސަރުކާރުން ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތަކުން އެދުނު އިސްލާހެއް ކަމަށް ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި, އެންޓިކޮރަޕްޝަން ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް, ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި, ނައިބު ރައީސް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ  އިސްލާޙަކީ އެއިސްލާހު ގެނައުމަށް މިނިވަން މުއައްސަސާތަކުން 2023 ވަނަ އަހަރު އެދިފައިވާ އިސްލާހެއް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި އެބަދަލު ގެންނަން ހިމަނާފައިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

" އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް." ހަބީބު ވިދާޅުވިއެވެ.

ހަބީބު އަކީ އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement