ޕޮލިސް ބޯޑަށް ދެބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުންދީފި
މޯލްޑިވްސް ޕޮލިސް ސާވިސް / ފޮޓޯ: ޕޮލިސް

ޕޮލިސް ބޯޑަށް ދެބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

1 year ago - 14:05
Mar 17, 2025 - 14:33
Advertisement
Advertisement

އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ ގޮތުގައި މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ދެބޭފުޅުން އައްޔަންކުރުމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި  ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުންގެ އިންތިފާގުންނެވެ.

މި ދެބޭފުޅުންނަކީ ޕޮލިސް ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި 4 ބޭފުޅުންގެ ތެރެއިން މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ތަޅުމަށް ފޮނުވުމަށް ފާސްކުރެއްވި ދެ ބޭފުޅުންކަމަށް މަޖިލިހުން ވިދާޅުވިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ދެ މެންބަރުން އައްޔަންކުރަން ޖެހެއެވެ. މި މަޤާމުތަކަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

ޕޮލިސް ބޯޑަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާތަކުން ތިން މެންބަރުން އަދި އާންމުންގެ ތެރެއިން ދެ މެންބަރުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement