މޭ 10ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެއްބަސްވެއްޖެ

މޭ 10ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެއްބަސްވެއްޖެ

އިންޑިއާ ސިފައިން މޭ 10ގެ ކުރިން ބާލަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި

8 months ago - 23:39
Feb 2, 2024 - 23:44
Advertisement

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އިންޑިއާ ސިފައިން މޭ 10ގެ ކުރިން ބާލަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފިއެވެ.

އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އޭގެ ބުރޫއަރާކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. އެހެންވެ ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ފާހަގަކުރެވުނު ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން އެ ގައުމާއި ދެމެދު އެކު މަޝްވަރާތައް ކުރެވުނެވެ,

މިއަދު އިންޑިއާގައި އޮތީ ދެ ގައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ މަތީފަންތީގެ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވެމެވެ.

އެ ބައްދަލުވުމާއި ބެހޭ މައުލޫމާތުތައް އާންމުކޮށް، ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިން މިވަގުތު ރާއްޖޭގައި ބަލަހައްޓަމުން ގެންދާ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހާ ސިފައިން އަނބުރާ ގެންދަން އެ ގައުމުން އެއްބަސްވާ ކަމަށެވެ,

Advertisement

ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބަލަހައްޓަމުންދާ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހާ ސިފައިން މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަދަލުކޮށް، އަނެއް ދެ ޕްލެޓްފޯމުން މޭއި 10 ގެ ކުރިން އަސްކަރީ އޮފިސަރުން ބަދަލު ކުރާނެކަމަށެވެ..

މި ބައްދަލުކުރެއްވުމުގައި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ އަދި ތަރައްޤީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާކުރެއްވި ކަމަށްވެސް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement