މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މީޑިއާ ކައުންސިލުން ބޭއްވި އިނާމު ދިނުމުގެ ހަފްލާއެއްގެ ތެރެއިން / ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

8 hours ago - 19:46
Jul 13, 2025 - 19:58
Advertisement
Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުންގެންދާ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޫސްމަޖައްލާ ކެޓަގަރީއާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން ޖުމްލަ 14 ދާއިރާއަކުން އިނާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.

އެމްއެމްސީން ނޫސްވެރިކަމުގެ އިނާމު ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ، ޑޮކިއުމަންޓްރީގެ ދާއިރާ، ފީޗާ ރިޕޯޓުގެ ދާއިރާ، ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ، އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ހިމެނެ އެވެ.

މީގެ އިތުރުން، އުންމީދީ ނޫސްވެރިޔާގެ އިނާމާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

Advertisement
Advertisement

މީޑިއާ ކައުންސިލުން އިނާމު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި، ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމުގެ އިތުރުން، ނޫސްވެރިކަމުގެ ފަންނުގައި އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށް ބާރުއެޅުމާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް މީޑިއާ ކައުންސިލުން އިނާމު ދެމުން އަންނައިރު، މިފަހަކަށް އައިސް މި އިނާމުވެފައި ވަނީ ނޫސްވެރިންގެ ތެރޭގައި ވަރަށް މަގުބޫލް އަދި ވާދަވެރި އިނާމަކަށެވެ.

އިނާމަށް ހުށައެޅުމުގެ ފުރުސަތު އޮތީ މިމަހުގެ 31ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ، 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement