ނުރައްކާތެރު އެކްސިޑެންޓްގައި އެކަކު މަރުވެ, ދެމީހުންގެ ހާލު ސީރިއަސް
އެކްސިޑެންޓްގައި އަނިޔާވި އެކަކު: ފޮޓޯ-ޝުމްބާ

ނުރައްކާތެރު އެކްސިޑެންޓްގައި އެކަކު މަރުވެ, ދެމީހުންގެ ހާލު ސީރިއަސް

މަރުވީ ލަވަކިޔުންތެރިޔާ އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީގެ ހަމައެކަނި ދަރިފުޅު

9 months ago - 21:57
Jul 14, 2025 - 06:39
Advertisement
Advertisement

މިރޭ މާލޭގައި ހިނގި ނުރައްކާތެރު އެކްސިޑެންޓްގައި އެކަކު މަރުވެ, ދެމީހުންގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ. 

އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ސައިކަލަކުން ކަފިހި ހުރަސް މަތިން ދިޔަ މީހެއްގެ ގައިގަ ޖެހިގެންނެވެ. އެއާއެކު އެހެން ދިޔަ ޕިކަޕެއްގައިވެސް ޖެހުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންްގެ ތެރެއިން މަރުވީ 17 އަހަރުގެ ކުއްޖެކެވެ. އެއީ ލަވަކިޔުންތެރިޔާ އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ އަނިޔާވި ދެމީހުގެ ހާލު ސީރިއަސް ކަމަށެވެ. އެދެމީހުންނަށް ފަރުވާދެނީ އައިޖީއެމްއެޗްގައެވެ.

އެކްސިޑެންޓްވި ސައިކަލް ދުއްވީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. މަރުވީ އޭގެތެރެއިން އެއްކުއްޖެކެވެ. ސައިކަލްގައި އިން 16 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް އެވެ. ދެން ހާލު ސީރިއަސްވެފައިވަނީ މަގުހުރަސްކުރި 40 އަހަރުގެ މީހާއެވެ. 

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement