ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން ފަހު ފުރުޞަތު!
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން

ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން ފަހު ފުރުޞަތު!

ފަހު ފުރުޞަތު ދިނީ މިމަހުގެ ނިޔަލަށް

1 month ago - 21:16
Aug 18, 2024 - 12:29
Advertisement

ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން ފަހު ފުރުޞަތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ދީފި އެވެ. އިމިގްރޭޝަންގެ ބެލެނިވެރި މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ މިމަހުގެ 31 ގެ ކުރިން ދައްކާ ޚަލާސްނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ.

އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލައިފި ނަމަ އެސިސްޓަމް މެދުވެރިކޮށް ދޭ ހުރިހާ ޚިދުތަކުން އެފަރާތްތައް ސަސްޕެންޑް ވާނެއެވެ. ބިދޭސީންނާ ގުޅޭ ގިނަ ޚިދުމަތްތައް ދެނީ އެސިސްޓަމް މެދުވެރިކޮށެވެ.

ހޯމް މިނިސްޓްރީން މިމަހުގެ ނިޔަލަށް ބިދޭސީންނާ ގުޅޭ ފީތަކުގެ ޖޫރިމަނާ ދެއްކުމަށް ދެވަނަ ފުރުޞަތެއް މިދިނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދިން ފުރަތަމަ ފުރުޞަތު ހަމަވުމަށްފަހު އެވެ.

މިނިސްޓްރީން ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ބިދޭސީންނާ ގުޅިގެން ދައްކަން ޖެހޭ ފީތަކުގެ ޖޫރިމަނާ ލައްކައަކަށްވުރެ ބޮޑުވެފައިވާ ފަރާތްތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ. އަދި އޮގަސްޓް 12 ގެ ކުރިން އެފައިސާ ދައްކާ ހަލާސް ކުރުމަށް ފުރުޞަތު ދީފައެވެ. އެމުއްދަތުގެ ތެރޭގައި 20 ފަރާތަކުން ފައިސާ ދެއްކިކަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އެމުއްދަތުގެ ތެރޭގައި 182،954،572 ރުފިޔާ ތިން ހަފްތާ ތެރޭގައި ރިކަވާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

ލިސްޓާއެކު ޢާއްމު ކުރުމުންވެސް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކެއް އަދިވެސް އެބަހުއްޓެވެ. 200 އަށްވުރެ ގިނަ ކުންފުނީގެ ނަން މިނިސްޓްރީން އިއުލާނު ކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement