ޔޫރަޕަށް އެތެރެކުރާ މަހުގެ ޑިއުޓީ ކުޑަކޮށްދިނުމަށް ގޮވާލައްވައިފި
ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކޮށްދިނުމަށްމިނިސްޓަރ މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައްވައިފި
ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން ކުރާ މަސައްކަތްތަކަށް އެހީވުމަށް ޔޫރަޕަށް އެތެރެކުރާ މަހުން ނަގާ ޓެކްސް ކުޑަކޮށްދޭން ފޮރިިން މިނިސްޓަރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިއަދު ގޮވާލައްވައިފި އެވެ.
މިނިސްޓަރު ޒަމީރު އިއްޔެ މިކަމަށް ގޮވާލެއްވީ އީޔޫގެ މައި އޮފީސް ގާއިމުކޮށްފައި ހުންނަ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށް ދިޔަ އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަަކަދައްކަވަމުންނެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ވިޔަފާރިކޮށް، މަންފާ ހާސިލުކުރެވޭނީ ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެކްސް ކުޑަކޮށްގެން ކަމަށެވެ.\
ހަމައެއާއެކު، ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށެވެ.
ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މޫސުމީ ގޮތުންނާއި އިގުތިސާދީ ގޮތުން ގިނަ ދަތިތަކެއް ދިމާވާކަމަށް ޒަމީރު ވިދާޅުވިއެވެ.
އެގޮތުން މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދަލާއި ތެލުގެ އަގު ބޮޑުވާތީ ދިވެހި ސަރުކާރުގެ ކޭޝް ފްލޯއަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހަށް ޑިއުޓީގެ ގޮތުގައި 24 ޕަސަންޓް ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިިކޮށް ތަަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކުރުމާ އެކު 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިމައްސަލަ ހައްލުކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކޮށްފައިވެ އެވެ. މިމައްސަލައަށް ހައްލެއް ލިބުނު ކަމަށް މިދިޔަ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް ލުއި ލިބިފައެއް ނުވެ އެވެ.
ރިއެކްޝަންސް