ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ކަސްޓަމްސް އިން އަންނަނީ މަސްތުވާތަކެތި އަތުލައިގަތުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން / ފޮޓޯ: ކަސްޓަމްސް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

1 year ago - 14:18
Mar 16, 2025 - 14:22
Advertisement
Advertisement

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސްކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1097 ގުރާމް ހުރިކަމަށް ކަސްޓަމްއިން ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރެވުނު ކަމެއް ނުވަތަ ނޫންކަމެއް ކަސްޓަމްއިން ވިދާޅެއް ނުވެއެވެ.

ކަސްޓަމްއިން ވަނީ މިމަހުގެ 13 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތަކުވާތަކެތި އަތުލައިގަންފައެވެ. އެދުވަހު އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement