އަޒްމިރާލްދާ އަށް ހުރިހާ ހައްޤުތަކެއް ދިނިން- ޖޭއެސްސީ
ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ: ފޮޓޯ-ސްޕްރީމް ކޯޓް

އަޒްމިރާލްދާ އަށް ހުރިހާ ހައްޤުތަކެއް ދިނިން- ޖޭއެސްސީ

7 hours ago - 21:15
Mar 12, 2025 - 21:16
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އަށް ހުރިހާ ހައްޤުތަކެއް ދިނިން ކަމަށް ބުނެ, ޖޭއެސްސީން ފަނޑިޔާރުގެ ވަކީލުގެ ވާހަކަތައް ދޮގުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ޑރ.އަޒްމިރާލްދާ ޒާހިރުގެ ސްކޫކީ މައްސަލައިގެ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރިއިރު ވަކީލަށް ފުރުޞަތު ދީފައިނުވާކަމަށް ބުނެ ނެރުނު ބަޔާނަށް ރައްދުދެއްވާ ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ވަކީލު އަހުމަދު ޝަމީލަށް ފުރުޞަތު ދެއްވި ކަމަށެވެ. ވަކީލުގެ ފަރާތުން ނެރުނު ބަޔާން ދޮގުކޮށް ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރަށް ދެއްވި ކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނޫ ގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން މައްސަލައިގެ ތަޙްޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އެދުމުން، އެ ފުރުސަތު މިމަހުގެ ހަވަނަ ދުވަދު ދިންކަން ފާހަގަކުރައްވާފައި ވެއެވެ. އެފ ޤާނޫނީ ވަކީލެއްގެ ގޮތުގައި އަލްއުސްތާުރުޞަތުގެ ބޭނުން ހިފާ އަލްއުސްތާޛު އިބްރާހިމް ޝަމީލް ވަކީލަކަށް އައްޔަނުކޮށްފައިވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

 

Advertisement
Advertisement

ޑރ.އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް އަންގާރަ ދުވަހު ޑރ.އަޒްމިރާލްދާ ޒާހިރާއެކު ޤާނޫނީ ވަކީލް އިބްރާހިމް ޝަމީލް ބައިވެރި ވަޑައިގެންފައިވާ ކަމަށާއި, އެހެންނަމަވެސް ތަޙްޤީޤުގެ އަޑުއެހުމަށްފަހު ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

 

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންކަން ފާހަގަކުރައްވާ ބަޔާނުގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކޮމިޝަނުން ބެލުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ޤާނޫނީ ވަކީލުގެ ފުރުސަތު ދިނުމާއި، ފަނޑިޔާރަކު އައްޔަންކުރާ ޤާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ.

ޖޭއެސްސީ ޤާނޫނާ ހަވާލާދެއްވާ އެކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ ތަޙްޤީޤު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނީ ފަނޑިޔާރު ކަމަށެވެ. މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ލިބެނީ މަޝްވަރާ ދިނުމުގެ ފުރުޞަތުކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

" ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލެއް ނޫނެވެ. ފަނޑިޔާރެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުމެވެ. އެ ފުރުޞަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށްވެސް ދީފައިވާނެއެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި ވިދާޅުވެފައިވަނީ ބޭނުންފުޅުނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާނެ ކަމަށެވެ. މިއީ އެ ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ޤާނޫނީ އުސޫލުކަންވެސް ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ޖޭއެސްސީގެ ބަޔާންވެސް އަޒްމިރާލްދާގެ ވަކީލު ވަނީ ދޮގުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement