ކުުއާޓަރ ގެ ފަހު ޖާގަތައް ރެއާލް, އާސެނަލް, ޑޯޓްމަންޑް އަދި އެސްޓަން ވިލާއަށް
އުފާފާޅުކުރުމުގެ ގޮތުން ރެއާލްގެ ކުޅުންތެރިން ރުޑީގާގެ ދުވުން ކޮޕީކުރަނީ.ފޮޓޯ:ޗެމްޕިއަންސް ލީގު

ކުުއާޓަރ ގެ ފަހު ޖާގަތައް ރެއާލް, އާސެނަލް, ޑޯޓްމަންޑް އަދި އެސްޓަން ވިލާއަށް

9 hours ago - 07:02
Mar 13, 2025 - 07:06

ޔުއެފާ ޗެމްޕިއަން ލީގުގެ ފަހު ޖާގަތައް ރެއާލް މެޑްރިޑް, އާސެނަލް, ބޮރޫޝިއާ ޑޯޓްމަންޑް އަދި އެސްޓަން ވިލާއިން ކަށަވަރުކޮށްފިއެވެ. ޕެނަލްޓީން 4-2 ން ރެއާލް ކާމިޔާބުކުރިއިރު އެސްޓަން ވިލާ ކްލަބް ބްރޭގޭ ގެ މައްޗަށް ކުރިހޯދީ 3-0 (6-1 ގެ އެގްރެގޭޓް) އިން ނެވެ. އާސެނަލްއާއި ޕީއެސްވީ އެއިންދޮވެންގެ މެޗު 2-1 ން އެއްވަރުވި ނަމަވެސް އާސެނަލް އަށް ކުއާޓަރ އަށް ދިޔައީ 9-3 ގެ އެގްރެގޭޓުންނެވެ. ދެ ލެގުވެސް ކާމިޔާބު ކޮށް ރޭގެ މެޗުން 2-1 ން (3-2 ގެ އެގްރެގޭޓް) އިން ލިލްގެ މަށްޗަށް ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ކުރިހޯދާފައެވެ

ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-0 ން އެތްލެޓިކޯ ކާމިޔާބު ކުރުމާއެކު އެގްރެގޭޓުން 2-2 ން ދެޓީމު އެއްވަރުވެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗު ފަށައިގެން ސިކުންތުކޮޅެއްގެ ތެރޭގައި އެތްލެޓިކޯގެ ކޯނޯ ގެލާގޭ ކާމިޔާބުކުރި ގޯލާއެކު މެޗު ނިންމާލީވެސް އެ ނަތީޖާއިންނެވެ.

ރެއާލްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ, ޖޫޑް ބެލިންގްހަމް, އަދި ފެޑްރީކޯ ވަލްވާޑޭއެވެ. ހަތަރުވަނަ ޕެނަލްޓީ ލޫކަސް ވަޒްކޭޒް އަތުން ނާކާމިޔާބުވިއިރު ފަހު ޕެނަލްޓީ ކާމިޔާބުކުރީ އެންޓޯނިއޯ ރުޑީގާއެވެ.

Advertisement
Advertisement

އެތްލެޓީކޯގެ ދެ ޕެނަލްޓީ އަލެކްޒެންޑަރ ސޯލޮތް އަދި އެންހެލް ކޯރިއާ ކާމިޔާބުކުރިއިރު ހޫލިއަން އަލްވަރޭޒް އަދި މާކޮސް ލޮރެންޓޭގެ ޕެނަލްޓީވަނީ ނާކާމިޔާބު ވެފައެވެ. އަލްވަރޭޒްގެ ޕެނަލްޓީ ބަލައިނުގަތީ ދެފަހަރަށް ބޯޅައިގެ ޖަހާފައިވާތީއެވެ.

ކުއާޓަރ ގައި ރެއާލް ވާދަކުރަންޖެހޭނީ އާސެނަލްއާއެވެ. އާސެނަލް އާއި ފީއެސްވީ އެއިންދޮވެން ރޭ ބައްދަލުކުރި މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލް އޮލެކްސަންޑަރ ޒިންޝެންކޯ ކާމިޔާބުކުރިއިރު 37 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނީ ޑެކްލަން ރައިސްއެވެ. 2-1 ން ފުރަތަމަ ހާފު ނިންމާލިއިރު އެއިންދޮވެންގެ ގޯލް 18 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިވާން ޕެރިސިޗްއެވެ. މެޗުގެ 70ވަނަ މިނިޓްގައި އެންދޮވެންއަށް ނަތީޖާ އެއްވަރުކޮށްދިނީ ކޯހައިބް ޑްރިއޯޝްއެވެ.

އެސްޓަން ވިލާއިން ދެ ލެގުވެސް ކާމިޔާބުކުރީ ފަސޭހަ ކަމާއެކުއެވެ. ދެވަނަ ލެގަށް ނިކުންއިރުވެސް 3-1 ގެ ލީޑުގައި އޮތް ވިލާ ރޭގެ މެޗުގައި ވަނީ ތިންގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ 50 ވަނަ މިނިޓްގައި ވިލާއަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯއެވެ. އޭގެ ހަތް މިނިޓްފަހުން އީން މާޓްސެން ލީޑުފުޅާކުރިއިރު, ތިންވަނަ ގޯލް 61ވަނަ މިނިޓްގައި ކާމިޔާބުކުރީވެސް އަސެންސިއޯއެވެ.

ވިލާއިން ކުއާޓަރ ގައި ބައްދަލުކުރާނީ ދެވަނަ ލެގުގައި އަންގާރަދުވަހު ޕެނަލްޓީ ޖަހައިގެން ލިވަޕޫލް މުބާރާތު ކަޓުވާލީ ޕީއެސްޖީއާއެވެ.

ބުދަ ދުވަހު ދެވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަދި ލިލް ބައްދަލުކުރި މެޗުގައި ލީޑު ނެގީ ލިލްއިންނެވެ. މެޗުގެ 5 ވަނަ މިނިޓްގައި ލިލްގެ ހަމައެކަނި ގޯލް ޖޮނަތަންޑޭވިޑް ކާމިޔާބުކުރީ އިސްމައިލީ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

ބޮރޫޝިއާއިން ނަތީޖާ އެއްވަރުކުރީ 54 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އެމްރް ކަން ކާމިޔާބުކުރުމާއެކުއެވެ. 65 ވަނަ މިނިޓްގައި މެކްސިމިލިއަން ބެއިއާ ކާމިޔާބުކުރި ގޯލާއެކު އެނަތީޖާގައި އޮވެ މެޗު ނިމުންއިރު ބޮރޫޝިއާ ކުރާޓަރ އަށް ދަތުރުކުރީ 3-2 ގެ އެގްރެގޭޓުންނެވެ. ކުއާޓަރގައި ބޮރޫޝިއާ ބައްދަލުކުރާނީ ބާސެލޯނާއާއެވެ.

ކުއާޓަރ ފައިނަލްގެ ދެން އޮތް މެޗުގައި ބަޔާން މިއުނިކާއި އިންޓަރ މިލާން ވާދަކުރާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow