ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހާ އެމްބާޕޭ ރެއާލްއާއެކު ފުރަތަމަ ތަށި އުފުލާލައިފި
މެޗުގައި ރެއާލް އަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިން: ފޮޓޯ-ރެއާލް މެޑްރިޑް

ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހާ އެމްބާޕޭ ރެއާލްއާއެކު ފުރަތަމަ ތަށި އުފުލާލައިފި

ރެއާލްގެ ދެވަނަ ލަނޑު ޖެހީ އެމްބާޕޭ

1 month ago - 09:00
Aug 15, 2024 - 09:06

ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހާ އެމްބާޕޭ ރެއާލް މެޑްރިޑާއެކު ފުރަތަމަ ތަށި އުފުލާލައިފި އެވެ.

ހިލޭ އެއްބަސްވުމުގެއްގެ ދަށުން މިސީޒަންގައި ރެއާލް މެޑްރިޑާ ގުޅުނު ފްރާންސް ކެޕްޓަންއެކްލަބްގެ ޖަރޒީގައި ކުޅުނު ފުރަތަމަ މެޗަކީ ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގެ ދެ ޗެމްޕިއަނުންގެ މެޗުގައި ކުޅުނު ޔުއެފާ ސުޕަރ ކަޕެވެ. ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެތްލާންޓާ 2-0 ން ބަލިކޮށް ސުޕަރ ކަޕް އުފުލާލާފައެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ރެއާލް އިން ލީޑް ނެގީ 59 ވަނަ މިނިޓްގައި ފެޑެރީކޯ ވަލްވާޑޭގެ ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ރެއާލްގައި 9 ނަމްބަރު ޖަރޒީގައި ކުޅުނު އެމްބާޕޭ ޓީމަށް ލަނޑު ޖަހައިދިނީ 68 ވަނަ މިނިޓްގައި ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފްރީ ރޯލެއްގައި ކުޅުނު ބެލިންގހަމް އެވެ.

ރެއާލް މެޑްރިޑްގެ ފުރަތަމަ 11 ގައި އެންމެ ކުރިއަށް ކުޅުނީ އެމްބާޕޭއާއި, ވިނީޝިއުސް ޖޫނިއަރ އަދި ރޮޑްރީގޯ އެވެ. އެކަމަކު 83 ވަނަ މިނިޓްގައި އެމްބާޕޭގެ ބަދަލުގައި ޑިއާޒް, 88 ވަނަ މިނިޓްގައި ވިނީޝިއުސްގެ ބަދަލުގައި ތުރުކީގެ ގުލާ, ބެލިންގހަމްގެ ބަދަލުގައި ޑެނީ ސެބަޔޯސް, މެޗު ފެށިއިރު ބޭންޑް އަޅައިގެން ކުޅުނު ޑިފެންޑަރ ޑެނީ ކަވާހަލްގެ ބަދަލުގައި ލުކަސް ވަޒުކްއޭޒް ކުޅެން ނެރުނެވެ. އޭގެކުރިން 76 ވަނަ މިނިޓްގައި ރޮޛޑްރީގޯގެ ބަދަލުގައި މޮޑްރިޗަށް ފުރުޞަތު ދިނެވެ. މިސީޒަންގައި ރެއާލްގެ ކެޕްޓަނަކީ މޮޑްރިޗެވެ. މިއީ މޮޑްރިޗްގެ ކެޕްޓަން ކަމުގެ ދަށުން ރެއާލް މެޑްރިޑް އުފުލާލި ފުރަތަމަ ތަށްޓެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow