ބާސެލޯނާން ލީގު ކަށަވަރުކުރި މެޗުގެ ތަރިއަކީ ޒުވާންކުޅުންތެރިޔާ ޔަމާލް
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔަމާލް އަދި ބާސެލޯނާގެ ބައެއް ކުޅުންތެރިން. ފޮޓޯ: ބީބީސީ

ބާސެލޯނާން ލީގު ކަށަވަރުކުރި މެޗުގެ ތަރިއަކީ ޒުވާންކުޅުންތެރިޔާ ޔަމާލް

6 hours ago - 09:17
May 16, 2025 - 09:18

ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ހިތްގައިމު ގޯލާއެކު ބާސެލޯނާއިން ސްޕެނިޝް ލަލީގާ ކަށަވަރުކޮށްފިއެވެ. މެޗުގެ ތަރިއަކީ ޔަމާލް އެވެ.

އެސްޕަންޔޯލްގެ ދަނޑުގައި 2-0 ން އެޓީމް ބަލިކޮށް ބާސެލޯނާއިންވަނީ 28 ވަނަ ފަހަރަށް ލީގު އުފުލާލައި, މިސީޒަންގައި ޑޮމެސްޓިކް ޓްރެބަލް ހާސިލްކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ދެވަނަ ގޯލް ޖެހުމުގައިވެސް އެހީތެރިވި ޔަމާލް ބާސެލޯނާއަށް ލީޑު ނަގައިދިނީ 53 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. އޭނާ ވަނީ އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ އަނބުރާލާ ގޯލްގެ ވައަތްފަރާތު މަތީ ކަނަށް ފޮނުވާލާފައެވެ. ބާސެލޯނާގެ ދެވަނަ ގޯލް ކާމިޔާބުކުރީ ފާމިން ލޮޕޭޒް އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިށް ދަނޑު ބޭރުގައި ހިނގި ހާދިސާއަކާ ގުޅިގެން ކުޅުން ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. ސަޕޯޓަރުންގެ ތެރެއަށް ދުއްވާަފައި އައި ކާރެ ވަދެ ހިނގި ހާދިސާފައި 13 މީހަކަށް އަނިޔާވެ 4 މީހަކަށް ހޮސްޕިޓަލްގައިވެސް ފަރުވާދޭން ޖެހިފައި ވެއެވެ.ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސެލޯނާގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ އެ ހާދިސާއަށްފަހު ދެވަނަ ހާފުގެ ކުޅުން ފެށިތަނާ ކުޑައިރުކޮޅެއްފަހުންނެވެ. އެއީ ޔަމާލް މިސީޒަނުގައ ކާމިޔާބުކުރި 17 ވަނަ ގޯލެވެ.

Advertisement
Advertisement

ބާސެލޯނާއިން ލަލީގާ ކަށަވަރުކުރުމާއި އެކު ކޯޗު ހެންސީ ފްލިކް އެ ކްލަބާއެކު ހޭދަކުރާ ފުރަތަމަ ސީޒަންގައި ޑޮމެސްޓިކް ތިންތަށި މިވަނީ ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ބާސެލޯނާ ވަނީ ސްޕެނިޝް ލީގު ކަޕް (ކޮޕާ ޑެލް ރޭ) އަދި ސްޕެނިޝް ސުޕަރ ކަޕްވެސް އުފުލާލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow