ޝިޔާމް އާއި ޣައްސާން އާއެކު ޕީއެންސީގެ ނައިބުރައީސުންގެ އަދަދު 8 އަށް
ޕީއެންސީގެ ތިން ނައިބުން ކަމަށްވާ ޝުޖާ, ޝިޔާމް އަދި ޣައްސާން: ފޮޓޯ-ޕީއެންސީ

ޝިޔާމް އާއި ޣައްސާން އާއެކު ޕީއެންސީގެ ނައިބުރައީސުންގެ އަދަދު 8 އަށް

5 hours ago - 09:28
May 16, 2025 - 10:33

ޝިޔާމް އާއި ޣައްސާން އާއެކު ޕީއެންސީގެ ނައިބުރައީސުންގެ އަދަދު 8 އަށް އިތުރުވެއްޖެއެވެ.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބުރައީސުންގެ ގޮތުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މުޙައްމަދާއި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން އައްޔަން ކުރެއްވީ ރޭ ބޭއްވި އެޕާޓީގެ ސެނެޓްް ބައްދަލުވުމުގައެވެ. އެހުށަހެޅުއްވުން ހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ. ޕީއެންސީގެ ނައިބުރައީސުންގެ ގޮތުގައި އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ ޕީޕީއެމް އުވާލިއިރު އެޕާޓީގެ ނައިބުރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

އެދެބޭފުޅުންގެ އިތުރުން ޕީއެންސީގެ ނައިބުރައީސުންގެ ގޮތުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ސިޓީތަކާ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި, އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އާއި އެލްޖީއޭގެ ސީއޯއޯ މުޙައްމަދު ނިމާލް އާއި ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

ރޭ  ބޭއްވި ޕީއެންސީގެ ސެނެޓްގައި ވަނީ ޕީޕީއެމް އުވާލިއިރު އެޕާޓީގެ ސެނެޓްގައި ތިއްބެވި މެމްބަރުން ޕީއެންސީއަށް ސޮއިކުރައްވާ އިޤްރާރު ރައީސް މުއިއްޒުއާ ހަވާލުކުރައްވާފައެވެ. އޭގެތެރޭގައި މިސަރުކާރުގެ މަގާމްތަކުން ވަކިކުރެއްވި ބޭފުޅުންނާއި, މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ތާއީދު ނުލިބުނު ބޭފުޅުންވެސް ތިއްބެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow