އިޒްރާއިލްއިން އެއް ދުވަހުގެ ތެރޭގައި ޣައްޒާއިން 143 މީހުން ޝަހީދުކޮށްލައިފި
ޝަޙިދުކޮށްލާފައިވާ ހަށިތައް ކައިތރީގައި އާއިލާގެ މެމްބަރުން ހިތާމައިގައި. ފޮޓޯ: އަލްޖަޒީރާ

އިޒްރާއިލްއިން އެއް ދުވަހުގެ ތެރޭގައި ޣައްޒާއިން 143 މީހުން ޝަހީދުކޮށްލައިފި

ޖުމްލަ 53,000 ން މައްޗަށް

4 hours ago - 10:29
May 16, 2025 - 10:32

އިޒްރާއިލްގެ ޔަހޫދީ ސިފައިން ބުރާސްފަތި ދުވަހު އެކަނިވެސް ޣާއްޒާއިން 143 މީހުން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ. ދެކުނުގެ ޙާން ޔޫނިސްއަށް ރޭ ދިން ހަމަލާތަކުގައި އެކަނިވެސް އެސަރަހައްދުން 50 ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު, ޣަައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހަމަލާތަކުގައި މިހާތަނަށް 53,000 މީހުން ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ހުންނަ މެޑިކަލް ކޭމްޕަކަށް ދިން ހަމަލާގައި މީހުންގެ ހަށިތަކުގެ ބައިތައް ވީދި މުޅި ސަރަހައްދަށް ބުރައިގެން ގޮސްފައިވެއެވެ. އަލް-ތަވްބާ ކްލިނިކްގެ މަތީބައިގައި ހަށިތަކުގެ ބައިތައް އެލުވިފައިހުރި ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ހަމަލާގައި އެ ސަރަހައްދުން 13 ކުޑަކުއްޖަކުވެސް ވަނީ ޝަހީދުވެފައެވެ.

ޙާން ޔޫނިސް އަށް ދިން ހަމަލާތަކުގައި ޒަހަމްވި އެތައްބަޔަކުވެސް އަލް ނަސެރް ހޮސްޕިޓަލްއަށް ގެންގޮސް ހަށިތައް އެއީ ކޮންބައެއްތޯ ޔަގީންކުރުމަށް ގިނަ ވަގުތު ހޭދަވެފައިވާކަމަށް އެސަރަހައްދުން ރިޕޯޓްކުރި އެސޯސިއޭޓް ޕްރެސްގެ ކެމެރާމަން ވަނީ ބުނެފައެވެ. އެއީ ހަށިތަކަށް ލިބިފައިވާ ޒަހަމްތަކާއެކު ހަށިތަކުގެ ބައިތައް ވަކިވެފައިވާތީ ކަމުގައިގައިވެސް އޭނާ ބުންޏެވެ.

އިއްޔެ ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދީފައިމިވަނީ ފަލަޞްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެލާ އެތަންތަނަށް ޔަހޫދީން ވަޒަންވެރިވި 'ނަކްބާ' އޭ ކިޔުނު މުސީބާތް ފެށުނުފަހުން 77 އަހަރު ވީ ދުވަހުއެވެ.

Advertisement
Advertisement

 ނަކްބާއަކީ އަކީ ފަލަޞްޠީނުގެ އަހުލުވެރިން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކޮށް. އެމީހުންގެ ބިމުގެ 78 އިންސައްތް އިޒްރާއިލްއޭ ކިއުނު ދައުލަތް އުފައްދަންވެގެން ފޭރިގަތް ހާދިސާއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ފަލަޞްޠީނުގެ ރައްޔިތުންނަށް ނަކްބާ ދަނީ ކުރިއަށެވެ.

ޔަހޫދީ ސިފައިން ރޭ ވަނީ އުތުރުގެ ބައިތް ލަހިއާ ސަރަހައްދަށްވެސް އެއްގަމު މަގުން އަރައިގަނެ ފަލަޞްތީނުގެ އެތައްސަތޭކަ ރައްޔިތުން ފަހައިގަނެ އެސަރަހައްދުން ބޭރުކޮށްފައެވެ. ހަތިރާޔާއެކު ސިފައިން އަރައިގަތުމާއެކު ޓެންޓްތަކާއި, ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ހޯދައިގެންތިބި ޣައްޒާގެ އަހުލުވެރިން ވަނީ ފުރާނާއާގެން އެމީހަކަށް ދެވުނުގޮތަކަށް ސަލާމަތްވާނަ މަސައްކަތްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow