
ޣައްޒާ ޤަތުލްއާންމާ ދެކޮޅަށް ދި ހޭގްގައި ބޭއްވި 'ރެޑްލައިން' އިހްތިޖާޖުގައި 150,000 މީހުން ބައިވެރިވި
އިޙްތިޖާޖުގެ ބައިވެރިން ތިބީ ރަތް ހެދުމުގައި
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާ ދެކޮޅުހަދާ, އަދި އެގައުމުގެ ސަރުކާރުން ޤަތުލްއާންމު ހުއްޓުވަން އިޒްރާއިލްއަށް ވަރުގަދަައަށް ފިއްތުންތައް ކުރިމަތިކުރަން ގޮވާލާ އެތައްހާސް ބަޔަކު ނެދަލެންޑްސްގައި 'ރެޑްލައިން' އިޙްތިޖާޖެއް ކޮށްފިއެވެ.
އާދިއްތަ ރަތްހެދުމުގައި މުޒާހަރާގެ ބައިވެރިން ވަނީ ވަނީ ދި ހޭގްގެ މަގުތަކަށް ނިކުމެ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓާ ދިމާއަށް ހިނގާލާފައެވެ. މިއީ ދި ހޭގްގައި ފާއިތުވި ހަތަރު ހަފްތާ ތެރޭގައި ބޭއްވި މިބާވަތުގެ ދެވަނަ އިހްތިޖާޖެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އޮކްސްފަމްއާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އިޙްތިޖާޖުގައި 150,000 އެއްހާ މީހުން ބައިވެރިވިކަމަށް އޮކްސްފަމްއިން ވަނީ ބުނެފައެވެ.
އިންތިޒާމްކުރާ ފަރާތްތަކުން ބުނީ ރަތް ހެދުމުގައި 'ރަމްޒީ ރަތް ރޮނގެއް' ހެދީ އެ އިޒްރާއިލްއިން ޣައްޒާގައި ފަލަޞްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންގެންދާ ޤަތުލްއާންމު ހުއްޓުވުމަށް ނުކުޅެދިފައިވާތީ އެކަން ސަރުކާރަށް އަންގައިދިނުމަށް ކަމުގައެވެ.
އިހްތިޖާޖުގައި ލަވަތަކާއި ބައިވެރިންގެ ވާހަކަތަކާއެކު ހިނގަމުންގޮސް ކޯޓު ފަސްދީ ވަނީ ގޮސްފައެވެ. އޭރުވެސް ދެކުނު އެފްރިކާއިން އެކޯޓަށް އިޒްރާއިިލްއިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ދެއެވެ.
ދި ހޭގް އިން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ވައެސެން ބުނިގޮތުގައި ސަރުކާރަށް އަޑުއިއްވުމަށް މިހާ ގިނަ އަދަދެއްގެ މީހުން ނިކުއިން ނިކުތުމަކީ ނެދަލެންޑްސްގެ ސަރުކާރުން އިޒްރާއިލްއަށް ކުރާ ސަޕޯޓާއި އެޤައުމުގެ ރައްޔިތުން ނުރުހޭކަން ހާމަވާ ކަމުގެ ހެއްކެއް ކަމުގައެވެ.ެ
މުޒާހަރާގެ ބައިވެރިން ދި ހޭގް ގެ މަގުތައް ރަތްކުލައިން ފުރާލުމާއެކު ނެދަލެންޑްސްގެ ބޮޑުވަޒީރުވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ."ހޭގް ގައި ތިބި އެންމެނަށް. އަހަރެމެންނަށް އެބަ (ކަލޭމެން) ފެނޭ. އަޑުއިވޭ. އަހަރެމެން ބޭނުންވާ ގޮތަކީވެސް ތިއީ. ޣައްޒާގެ ކެކުޅުން ވީހާވެސް އަވަހަކަށް ނިމުން" ބޮޑުވަޒީރު ޑިކް ޝޫފް އެކްސް ގައި ލިޔެފައި ވެއެވެ.
ޝޫފް އިތުރަށްބުނީ ނެދަލެންޑުން އޮތީ ޣައްޒާ ޤަތުލްއާންމު ހުއްޓުވާ ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުކަކަށް ގެންނަށް ބާރުއެޅުމަށް ކަމުގައެވެ. އަދި އެކަން އެންމެ އެދެވޭ ގޮތުގައި ކުރާނީ ކިހިނެތްތޯ މަސައްކަތްކުރާ ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






