ނޫސްވެރިން ތިބޭ ޓެންޓަކަށް އިޒްރާއިލްއިން ބޮންއަޅާ 2 ނޫސްވެރިން ދިރިތިއްބާ އަންދާލާ 7 މީހަކު ޒަޙަމްކޮށްލައިފި
މަންސޫރު އަނދަމުންދާ މަންޒަރު. ފޮޓޯ: އެކްސް, ހޮސާމް ޝައއްބަތު ޓީމް

ނޫސްވެރިން ތިބޭ ޓެންޓަކަށް އިޒްރާއިލްއިން ބޮންއަޅާ 2 ނޫސްވެރިން ދިރިތިއްބާ އަންދާލާ 7 މީހަކު ޒަޙަމްކޮށްލައިފި

11 hours ago - 09:07
Apr 7, 2025 - 11:11

ޣައްޒާގެ ޙާން ޔޫނިސްގައި ހުންނަ އަލް ނަސެރް ހޮސްޕިޓަލް ކައިރީގައި ނޫސްވެރިންތިބޭ ޓެންޓަކަށް އިޒްރާއިލްއިން ބޮންއަޅާ ދެ ނޫސްވެރިއަކު ދިރިތިއްބާ އަންދާލައިފިއެވެ. އިތުރު 7 ނޫސްވެރިއަކަށް ވަނީ ބޮޑެތި ޒަޙަމްތަކެއް ލިބިފައެވެ.

މި ބާރުގަދަ ބޮމުގެ ހަމަލާގައި އުފެދުނު އަލިފާންގަނޑުގައި ޒަޙަމްވެގެން ގޮނޑިއެއްގެ މައްޗަށް ވެޢްޓިފައި އޮތް މީހެއްގެ ގައިގާ ރޯވެ އަނަދަމުންދާއިރު އޭނާ ސަލާމަތްކުރަން އަލިފާންގގަނޑުގެ ކައިރީގައި މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. ދެފައި ތިރިއަށް އެލުވި ބިމުގައި ފައިޖެހިފައިވާއިރު އަލިފާންގަންޑުގެ ތެރެއިން އޭނާގެ ފައި ހަރާކާތްކުރާތަންވެސް ފެނެއެވެ. ނަމަވެސް ޒަޙަމްވެފައި ވާތީވެ އޭނާއަށް އޮތްތަނުން ނުތެދުވެވިފައި އޮތްކަން އެނގެއެވެ.

އެއީ ފަލަޞްޠީނުގެ މީޑިއާއެއް ކަމަށްވާ ފަލަޞްޠީނު ޓުޑޭގައި މަސައްކަތްކުރާ އަޙްމަދު މަންސޫރުކަން އޭނާއާއެކު މަސައްކަތްކުރާ ނޫސްވެރިން ވަނީ ކަށާވަރުކޮށްދީފައެވެ. އެނާއަކީ އެއާއިލާ ބެލެހެއްޓުމަށްހުރި ހަމައެކަނި ފަރާތެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ މަންސޫރު ސަލމާތްކުރެވޭތޯ ޑޮކްޓަރުން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.

އެހެން ހަމަލާއެއްގައި އިއްޔެ އެކަނިވެސް މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙްއިންވަނީ 50 ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި ދިއެރް އެލް-ބަލަޙްގެ ފަސް ސަރަޙައްދަކުން މީހުން ހުސްކުރުމުގެ އަމުރުތަކެއްވެސް އިޒްރާއިލްއިން ވަނީ ނެރެފައެވެ.

Advertisement
Advertisement

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން ވަނީ އެމީހުންނަށް ގާއުކި 14 އަހަރުގެ ފަލަޞްޠީނިއަން-އެމެރިކަން ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައެވެ. ހަމަލާއަށްފަހު އިޒްރާއިލްއިން ބުނެފައިވަނީ އެމީހުންނާ ދިމާއަށް ގާއުކު "ޓެރަރިސްޓެއް" މަރާލާފައިވާނެ ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow