
ހިޖުރަވެރިންނާއެކު ދަތުރުކުރި ބޯޓެއް ޔަމަނު ކަނޑަށް ބަންޑުންޖަހާލާ 50 ށްވުރެ ގިނަ މަރު
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް
އެފްރިކާގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ޔަމަނުގެ އައްސޭރިފަށާ ކައިރިއަށް ބަންޑުންޖަހާލައި, އޭގެން ދަތުރުކުރި 54 މީހަކު މަރުވެއްޖެއެވެ. ޔަމަނުގެ ދެކުނުގެ އަބްޔަން ގެ ސަރުކާރުން މައުލޫމަތު ދިން ގޮތުގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން މިހާރު ދަނީ ހާދިސާގައި ގެއްލުނު އެތައްބަޔަކު ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ޒަންޒިބާރުގެ ހެލްތު އޮފީހުގެ ޑިރެކްޓަރު އަބްދުލް ޤާދިރު ބަޖާމިލް އާ ހަވާލާދީ އަލްޖަޒީރާއިން ވަނީ އެސަހައްދުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދުން މަރުވެފައިވާ 54 މީހެއްގެ ހަށިގަނޑު ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. ދިރިތިއްބާ ފެނުނު 12 މީހަކު ޝަގްރާ ހޮސްޕިޓަލްއަށް ގެންދެވިފައިވާ ކަމުގައިވެސް އަލްޖަޒީރާއިން ވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުން ދަތުރުކުރީ 150 މީހުންނެވެ. ބޯޓުގައި ގިނައިން ތިބީ އިތިއޯޕިއާ މީހުންނެވެ. އަލް ޝަގްރާގެ އައްސޭރިފަށުން އަރަބި ކަނޑަށް ބޯޓް ބަންޑުންޖަހާލީ އިއްޔެ އެސަރަހައްދުގެ މޫސުން ގޯސްވެ ވައިގަދަ ވުމުގެ ސަބަބުންކަމަށް އަބްޔަންގެ ސަރުކާރުން ބުނެފައި ވެއެވެ.
މޫސުން ގޯސްވުމުގެ ސަބަނުން މީހުން ހޯދުމުގެ މަސައްކަތްތައް ތަކަށް ދަތިތަކެއް ހުރިކަން ބަޖާމިލް ވަނީ ފާހަގަކޮށްފައެވެ. އަދި އެންމެ ކައިރި ސަހަރާއެއްގައި ހަށިތައް ވަޅުލުމުގެ އިންތިޒާމްތައްވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވަނީ ބުނެފައެވެ.
ރިއެކްޝަންސް






