ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ދަނީ ރޭވިފައިވާ ގޮތަށް- އެފްޑީސީ
ފްލެޓް ލިބުނު ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އެފްޑީސީ

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ދަނީ ރޭވިފައިވާ ގޮތަށް- އެފްޑީސީ

230 އަށްވުރެ ގިނަ މީހުނާއެކު ސޮއިކޮށްފި

3 hours ago - 18:31
Aug 3, 2025 - 18:31
Advertisement
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. އެކޯޕަރޭޝަނުން އެކަން ބަޔާންކޮށް މިއަދު ނޫސްބަޔާނެއް ނެރުނީ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފިކަމަށް ބުނެ ޚަބަރު ފަތުރަން ފެށުމުންނެވެ.

އެފަދަ ޚަބަރެއް ފެތުރުނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އަންގައިގެން ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ތާރީޚާއި ވަގުތު ދިނުމަށްފަހު, ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލާފައި ވެއެވެ. އެއީ ވެރިކައި ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށްވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން ދަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 0900 ން ހަވީރު 4:00 އަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ކޯޕަރޭޝަނުން ތަރައްޤީކޮށްފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށް ދާކަން ދަންނަވަމެވެ." އެފްޑީސީގެ ބަޔާނުގައި ވެއެވެ.

Advertisement
Advertisement

މިއަދު އެއްބަސްވުންތަކުގައި ސޮއިކުރާ ވީޑިއޯވެސް މިއަދު އެފްޑީސީން ޢާއްމުކުރިއެވެ. ނިމިދިޔަ ހަފްތާގެ ނިޔަލަށް ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކުގެ ތެރެއިން 232 މީހުންނާއެކު ސޮއިކޮށްފައިވާކަމަށް އެފްޑީސީން ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެފްޑީސީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement