ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޢަބްދުالله ޖަމީލް މޫސާ އައްޔަން ކުރައްވައިފި
ޢަބްދުالله ޖަމީލް މޫސާ އަށް ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކުރައްވަނީ: ފޮޓޯ-ހައިކޯޓް

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޢަބްދުالله ޖަމީލް މޫސާ އައްޔަން ކުރައްވައިފި

9 months ago - 23:48
Aug 3, 2025 - 23:49
Advertisement
Advertisement

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޢަބްދުالله ޖަމީލް މޫސާ އައްޔަން ކުރައްވައިފިއެވެ. ސިވިލް ކޯޓްގެ ކުރީގެ ގާޒީ އަލްއުސްތާޛު ޢަބްދުالله ޖަމީލް މޫސާ ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިރެއެވެ.

ސްޕްރީމް ކޯޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސައިން ރިޒާ އާދަމް އެވެ. ޖަމީލް ވަނީ 10 އަހަރު ސިވިލް ކޯޓްގެ ގާޒީކަން ކުރައްވާފައެވެ.

ޢަބްދުالله ޖަމީލް މޫސާގެ އިތުރުން ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ނިންމެވީ މުޙައްމަދު ޝަހީދުއެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަހީދަކީ މިދިޔަ ޖުލައި މަހާ ހަމައަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އޭނާ އަކީ ސިޔާސީ ބޭފުޅެއްކަމަށް ބުނެ އަމާޒުވި ފާޑުކިއުންތަކުގެ ސަބަބުން ޝަހީދު ވަނީ ފަނޑިޔާރު ކަމުގެ މަގާމާ ހަވާލުނުވާން ނިންމަވާ, އެކަން ޖޭއެސްސީ އަށް އަންގަވާފައެވެ. އެހެންކަމުން އަދި އިތުރު ބޭފުޅަކު ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement