ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ބިލް ފާސްކޮށްފި
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ބިލް ފާސްކޮށްފި

ބިލް ފާސްކުރީ 51 މެމްބަރުންގެ ވޯޓުން

4 hours ago - 13:44
Aug 6, 2025 - 13:45
Advertisement
Advertisement

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ބިލް ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ހުށަހެޅުއްވި ބިލް ފާސްކުރީ ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް 8 މެމްބަރުން ވޯޓް ދެއްވިއެވެ.

މިބިލްގެ ކޮމިޓީ މަރުހަލާ ނިންމީ ރޭގެ ވަގުތެއްގައެވެ. ބިލަށް ހިޔާލު ހޯދަން ހުޅުވާލުމަށްފަހު ހިޔާލުތަކަށް ރިއާޔަތްކޮށް, ބިލް ކޮމިޓީން ފާސްކުރީވެސް އެމްޑީޕީގެ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމިޓީގައި ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ މެމްބަރު ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދު އެވެ.

މިބިލަށް ހުށަހަޅާ ފާސްކުރި މައިގަނޑު އިސްލާހަކީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ވަކި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ނޫނީ މުވައްޒަފުން ނެގުމާއި, ބިމާއި, ފަޅާއި, ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ދޫކުރުން މަނާކުރުމެވެ. އަދި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ނުހިމެނޭ އާ ތަރައްޤީގެ މަޝްރޫއެއް ނުފެށުމެވެ.

ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުންވެސް އެރަށެއްގައި ޢާއްމުން ކުރާ އިގްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުކުރެވޭ ގޮތަށް ކަނޑައެޅުމާއި, ކުރާ މަސައްކަތަކީވެސް އެރަށެއްގެ ތަރައްޤިއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށްވުން ލާޒިމް ކުރުމެވެ. އަދި މަސައްކަތުގެ އިންވެސްޓްމަންޓް  އަދަދު 10 މިލިއަނަށްވުރެ ބޮޑުވާން ޖެހެއެވެ.

Advertisement
Advertisement

އިސްލާހުތަކާއެކު ބިލް ފާސްކުރީ އިދިކޮޅު އެމްޑީޕީންނާއި ބައެއް ކައުންސިލްތަކުންވެސް އެއިސްލާހުތައް އަނބުރާ ގެންނަން ގޮވާލާފައި ވަނިކޮށެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލްވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ބިލް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާޤުންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement