މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 75 އަހަރަށް ޖަލަށްލައި، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 75 އަހަރަށް ޖަލަށްލައި، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

16 hours ago - 11:51
Advertisement
Advertisement

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑަރ ކުރަމުންދިޔަ މީހަކު 75 އަހަރަށް ޖަލަށްލުމަށާއި، ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.


މި މައްސަލާގައި ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ގަސްދޮށުގެ، އުމުރުން 28 އަހަރުގެ ޢަބްދުލްބާސިޠުގެ މައްޗަށެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ 24 ފެބުރުވަރީ 2026 ގައެވެ.


ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން 2024 ވަނަ އަހަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 27 އޭޕްރީލް 2024 ގައެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


ފުލުހުންގެ ތަހުގީގުން ހާމަވިގޮތުގައި، ޢަބްދުލްބާސިޠުގެ ބޭންކް އެކައުންޓުތަކުން ތިން މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި، 19،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވެއެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

Advertisement
Advertisement


މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ނެޓްވޯކެއް ފާހަގަކުރެވި، ޖުމްލަ 174 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރެއިން 188 މައްސަލައެއް ތަހުގީގުކޮށް، 78 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.


މި ކާމިޔާބީއާ ގުޅިގެން ފުލުހުން ބުނީ، މިއީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެއްވި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement