އެސްޓީއޯއިން ފިޔާ އާއި އަލުވީގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ފިޔާ އާއި އަލުވީގެ އަގު ހެޔޮކޮށްފި

12 hours ago - 15:59

ދިވެހިންގެ އާންމު ދިރިއުޅުމުގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ފިޔާ އަދި އަލުވީގެ އަގު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހެޔޮކޮށްފިއެވެ.


މި ބަދަލާ ގުޅޭގޮތުން އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިއީ މި ރޯދަމަހާ ދިމާކޮށް، އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.


އެސްޓީއޯއިން ގެނައި ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން 12 ރުފިޔާއަށް ވިއްކަމުންދިޔަ ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.


އަލުވީގެ އަގަށް ގެނައި ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން 14 ރުފިޔާއަށް ލިބުނު އަލުވި ކިލޯއެއް މިހާރު 12 ރުފިޔާއަށް ލިބޭނެއެވެ. އެންމެ ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް އައިސްފައިވަނީ އަލުވި ބަސްތާގެ އަގަށެވެ. އެގޮތުން ކުރިން 300 ރުފިޔާއަށް ވިއްކި އަލުވި ބަސްތާއެއް މިހާރު 160 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

Advertisement
Advertisement


އެސްޓީއޯއިން އިތުރަށް ބުނީ، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ހެޔޮ އަގުގައި މި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow