ރައީސްގެ ވައުދާ އެއްގޮތަށް މަސްދަޅުކޭސް ބަހަން ފަށައިފި
ލަންދުއަށް މަސްދަޅުކޭސް ބާލަނީ

ރައީސްގެ ވައުދާ އެއްގޮތަށް މަސްދަޅުކޭސް ބަހަން ފަށައިފި

1 year ago - 19:14
Feb 10, 2025 - 19:15
Advertisement
Advertisement

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސްދަޅުކޭސް ބަހަން ފަށައިފިއެވެ.

އަދި މަސްދަޅުކޭސް ބަހަމުން ދަނީ ބައެއް ރަށްރަށުއެވެ. ބައެއް ރަށްރަށަށް މަސްދަޅު ކޭސް ހިފައިގެން ދިޔަ ދޯނިތައް ބަނދަރުކުރި ފޮޓޯތަކާއި, ރަށްތަކަށް މަސްދަޅު ކޭސް ބާލާ ފޮޓޯތައްވެސް ދަނީ ދައުރުވަމުންނެވެ. އަދި ބައެއް ކައުންސިލްތަކުން ގޭބީސީތަކަށް މަސްދަޅުކޭސް ހަވާލުކުރަމުންދާ ފޮޓޯތައްވެސް ދަނީ ދައުރުވަމުންނެވެ.

މިއާއެކު ސަރުކާރަށް ތާއީދުކުރާ ރައްޔިތުން ދަނީ ސަރުކާރަށް ޚާއްޞަކޮށް ރައީސް ޑރ.މުޙައްމަދު މުއިއްޒު އަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިޔާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. ރައީސްގެ ވައުދަކީ ކޮންމެ ގޭބީސީއަކަށްވެސް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާއެއްގެ ގޮތުގައި ހިލޭ ދިނުމެވެ.

ބައެއް އަތޮޅުތަކުގައި މަސްދަޅު ކޭސް ބަހަން ފެށިޔަސް މާލެ ސަރަހައްދުގައި އަދި ބަހަން ނުފަށައެވެ. މާލެ ސަރަހައްދުގައި އެކަން ކުރިއަށް ގެންދާނީ އެސްޓީއޯއިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement