ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ގދ.ނަޑެއްލާ: ފޮޓޯ-ހުރިހާ

ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

2 days ago - 12:45
Oct 20, 2024 - 12:46
Advertisement

ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ގދ.ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑްގައި ދުއްވާފަދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ, މީހެއްގެ ގައިގަ ޖެހިގެން ކަމަށެވެ. ސައިކަލުން ޖެހުނީ ޕާރކް ކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީ މަޑުކޮށްލައިގެން ހުރި 47 އަހަރުގެ މީހެއްގެ ގައިގައެވެ. އެކްސިޑެންޓްގައި ތިން މީހުނަށްވެސް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރެއިން ސައިކަލް ދުއްވަން އިން ޒުވާނާއާއި, ރަށު ޕިކަޕް ކައިރީ މަޑުކޮށްގެން ހުރި މީހާއަށް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. ތިން މީހުންވެސް ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

ފުލުހުން ބުނީ ސައިލްގައި ދެ ޒުވާނުން ތިބި ކަމަށެވެ. އެދެމީހުންނަކީ ވެސް 18 އަހަރުގެ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ރިޕޯރޓް ފުލުހުންނަށް ލިބުނީ 12:05 ގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement