ޖުމްހޫރީ ދުވަހުގެ ބަންދަށް 4 ދުވަސް
މާލޭގެ ހަލަބޮލި މަގެއް, ޖުމްހޫރީ ދުވަހާ ގުޅިގެން 4 ދުވަސް ބަންދު: ފޮޓޯ-ޙަފްޞީ

ޖުމްހޫރީ ދުވަހުގެ ބަންދަށް 4 ދުވަސް

ބަންދު ކުރީ ނޮވެމްބަރު 10

2 days ago - 15:13
Oct 20, 2024 - 15:13
Advertisement

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ބަންދަށް 4 ދުވަސް ލިބޭ ގޮތަށް, ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ނޮވެމްބަރު 10 ވާ އާދިއްތަ ދުވަސް ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ޖެހިގެން އަންނަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވެފައި, 10 ވަނަ ދުވަސް ބަންދުކުރުމުން ބަންދު ހަތަރު ދުވަސް ލިބޭތީއެވެ.

ހަފްތާ ބަންދުގެ ދެ ދުވަހާއި ޖުމްހޫރީ ދުވަހުގެ މެދަށްވާ ދުވަސް ބަންދުކުރުމުން ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ދުވަހުގެ ގޮތުގައި 4 ދުވަސް ލިބޭނެއެވެ. އެދުވަސް ބަންދުކުރިކަން ޢާއްމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އެދުވަސް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްވައި ދެއްވުމަށްޓަކައި ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement