
އިއްޔެ މެދުކެނޑުނު ޓްރާންސްޕޯރޓް މިނިސްޓްރީގެ ޚިދުމަތްތައް މިއަދު އަލުން ފަށައިފި
އިއްޔެ މެދުކެނޑުނު ޓްރާންސްޕޯރޓް މިނިސްޓްރީގެ ޚިދުމަތްތައް މިއަދު އަލުން ފަށައިފިއެވެ. ޓްރާންސްޕޯރޓް މިނިސްޓްރީން މިއަދު ވިދާޅުވީ އިއްޔެ އެ މިނިސްޓްރީއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރުވަނީ ޙައްލު ކުރެވިފައިވާ ކަމަށެވެ. މައްސަލަ ހައްލުކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަލުން ޚިދުމަތް ފެށީ މިއަދުއެވެ.
ކުރިޔެކޭ އެއްގޮތަށް މިހާރު ޚިދުމަތް ފޯރުކޮށްދެމުން ގެންދާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ޚިދުމަތް މެދުކެނޑި ކުރިމަތިވި އުދަނގޫ ވަގުތުގައި ޢާންމު ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުމާއި, ކެތްތެރިކަމަށްޓަކައި މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޓްރާންސްޕޯރޓް މިނިސްޓްރީން ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައެވެ.
ރިއެކްޝަންސް






