
މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ އޮޓޮޕްސީ ހަދަންވެސް ފުލުހުން ނިންމައިފި
މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ އޮޓޮޕްސީ ހަދަންވެސް ފުލުހުން ނިންމައިފިއެވެ. ވަޅިއަކުން ހަމަލާދީ މާވަށުގައި މަރާލި އެރަށު މޫސާ އިބްރާހީމްގެ ހަށިގަނޑު ތަހުގީގުގެ ބޭނުމަށް އިތުރު ތަހުލީލްތައް ހެދުމަށް އިއްޔެ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން މިއަދު ވިދާޅުވީ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގުން ނިންމާ, ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
29 އަހަރުގެ މޫސާ އިބްރާހީމްގެ އޮޓޮޕްސީ ހަދަން ނިންމިއިރު އެމައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް 29 އަހަރުގެ މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ވަނީ މޫދުން ހޯދާފައެވެ.
މޫސާ އިބްރާހީމްއަށް ހަމަލާ ދިނީ ދެމީހުންގެ މެދުގައިނހިނގި މާރާމާރީއެއްގެ ތެރެއިންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






