40 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ހުއްޓި, ކޯސްޓްގާޑުން އެހީވަނީ
ރާއްޖޭގެ މޫސުން ގޯސް

40 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ހުއްޓި, ކޯސްޓްގާޑުން އެހީވަނީ

ހުއްޓުނީ ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް

9 months ago - 12:19
Jul 30, 2025 - 12:21
Advertisement
Advertisement

40 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ހުއްޓި, ކޯސްޓްގާޑުން އެހީވާން ފަށައިފިއެވެ. ހުއްޓުނީ މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި 'ލައިފްލައިން' ބޯޓެވެ.

އެބޯޓްގެ އިންޖީނު ހުއްޓުނީ ކާށިދޫގެ އިރުންނެވެ. އެމްއެންޑީއެފްއިން ބުނީ އެމައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ ބޯޓްގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މޫސުން ގޯސްވެ, ކަނޑުތައްވެސް ގަދަވުމުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައްވެސް މޫސުމަށް ބަލައިގެން ކުރުމަށާއި, ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް, މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement