ދެއްވަދޫ ބަނދަރު މަޝްރޫޢު 630 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި
މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެމްޓީސީސީ

ދެއްވަދޫ ބަނދަރު މަޝްރޫޢު 630 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި

22 hours ago - 16:29
Jul 30, 2025 - 16:35
Advertisement
Advertisement

ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫޢު، 630 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދުއެވެ. މިއީ 103.09 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މިއީ  103.09 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުން ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނޭކަމަށާއި، އަދި  1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނޭކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން މަޝްރޫޢުގެ ދަށުން 1،980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.  

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement