
ފަސްމިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުގައި ލަންކާގެ ރައީސް ބައިވެރިވެ ވަޑައިގެންފި
ރަސްމީދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރާއްޖޭގައި ކުރިއަށް ގެންދާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގައި ބައިވެރިވެ ވަޑައިގެން މިއަދު ގަހެއް އިންދަވައިފިއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސަލްޓަން ޕާކުގައެވެ. މި ރަސްމިއްޔާތުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އިންދެވީ މޫނިމާ ގަހެކެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ގަސް އިންދުމުގެ މި ހަރަކާތަކީ ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
ރިއެކްޝަންސް






