
ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އޭސީސީން ޖިނާއީ ތަޙުޤީޤެއް ހިންގަނީ
ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަޙުޤީޤެއް ކުރަމުންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އަންގާފައިވާތީ އެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ އަޒްމިރަލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދެވެ.
ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުން، ތަޙުޤީޤީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙުޤީޤުކުރަން ފަށާތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކު ސަސްޕެންޑްކުރުމާމެދު ގޮތެއް ނިންމަންޖެހެއެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ ޤާނޫނުއަސާސީއަށް ގެނައި ބަދަލެއް ބާޠިލުކުރުމަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް ތާވަލުކުރެވިފައިވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން މިއަދު ބާއްވަން އޮތް އަޑުއެހުން ވަނީ ކެންސަލުކޮށްފައެވެ.
ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާވެސް ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ރިއެކްޝަންސް






