މިއަހަރު ރޯދަމަހަށް ކަރަންޓުން ޑިސްކައުންޓު ދޭނީ ރޯދަމަހަށް ހާއްސަ ބިލަކުން
މިދިޔަ އަހަރުވެސް ކަރަންޓް ބިލަށް ވަނީ ޑިސްކައުންޓް ދީފައި / ފޮޓޯ: ސްޓެލްކޯ

މިއަހަރު ރޯދަމަހަށް ކަރަންޓުން ޑިސްކައުންޓު ދޭނީ ރޯދަމަހަށް ހާއްސަ ބިލަކުން

1 year ago - 16:11
Feb 26, 2025 - 16:26
Advertisement
Advertisement

މިދިޔައަހަރުގެ ކަރަންޓުބިލަށް ދިމާވި މައްސަލަތައް ދިމާވިޔަ ނުދިނުމަށްޓަކައި މިފަހަރު ރޯދަމަހަށް ވަކި ބިލެއް ތައްޔާރުކުރާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިފަދައިން ބުނެފައި ވަނީ ރޯދަމަހުގެ ކަރަންޓްބިލަށާއި ފެންބިލަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފާވާގޮތް ސާފުކޮށް ދިނުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަހަރުގެ ރޯދަމަހުގެ ކަރަންޓް ބިލުން ވެސް 10 ޕަސެންޓްގެ ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ އިރު، މިފަހަރު ބިލު ތައްޔާރުކުރާނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިންގ ނެގުމަށްފަހުގައި ކަމަށް އެކުންފުނިން ބުނެއެވެ.

ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ އާންމު މަސްމަހު ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށާއި،  އިތުރުވާ އަދަދަށް ބަލައިގެން ޑިސްކައުންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 'އާންމު މަސް' ކަނޑައެޅުމަށް، އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ތިން މަސް (ފެބްރުއަރީ، މާޗު، އޭޕްރީލް) ނުހިމަނާނެ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

ކަރަންޓު ބިލުގެ އިތުރުން ފެން ބިލުން ވެސް ޑިސްކައުންޓު ދޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement