
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ބުކިން ޑޮޓްކޮމް އާއި އެކު އެއްބަސްވުމަކަށް
ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިސްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ބުކިން ޑޮޓް ކޮމް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި އެއްބަސްވުމުގެ ދަށުން، ބުކިން ޑޮޓް ކޮމްގެ ބައިނަލްއަޤްވާމީ ވަސީލަތްތަކާއި މާކެޓިން ތަޖުރިބާގެ ބޭނުންހިފައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދީ، ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނެ ކަމަށެވެ. މީގެ ތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، ވޯކްޝޮޕްތައް، އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭ ހޭލުންތެރިކުރުވުން ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރުކުރެވި، ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. ބުކިން ޑޮޓް ކޮމްގެ ކަންޓްރީ މެނޭޖަރު ސަންތޯސް ކުމާރު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ފުރުޞަތެއް ކަމަށެވެ.
ރިއެކްޝަންސް






