ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން 325 މިލިޔަން ރުފިޔާ ލިބިފައިވޭ

ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން 325 މިލިޔަން ރުފިޔާ ލިބިފައިވޭ

15 hours ago - 13:17
Feb 23, 2026 - 13:22

މިދިޔަ ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 325 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 5.3 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އެގޮތުން 1.14 ބިލިޔަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާއިރު، މެޝިނަރީއާއި ކަރަންޓް ސާމާނުގެ ގޮތުގައި 992 މިލިޔަން ރުފިޔާގެ މުދާ، އަދި ތެލުގެ ބާވަތްތަކަށް 890 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން ކެމިކަލްގެ ބާވަތްތަކަށް 300 މިލިޔަން ރުފިޔާ، ހިލައާއި ހިލަވެލީގެ ބާވަތްތަކަށް 135 މިލިޔަން ރުފިޔާ، އަދި އުޅަނދުފަހަރާއި އެތަކެތީގެ ބައިތަކަށް 82 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.


ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން 943 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކުރި އޮމާންއިން 766 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއީއިން 688 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

Advertisement
Advertisement


އެކްސްޕޯޓަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއިން ވަނީ 204 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ މަހުގެ ބާވަތްތަކެވެ. އެގޮތުން 90 މިލިޔަން ރުފިޔާގެ ފިނިކުރި ކަނޑުމަހާއި، 39 މިލިޔަން ރުފިޔާގެ ދަޅުމަސް، އަދި 32 މިލިޔަން ރުފިޔާގެ ފިނިކުރި ރީނދޫ އުރަހަ ކަންނެލި ހިމެނެއެވެ.

 ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 121 މިލިޔަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ އިނގިރޭސިވިލާތް (33 މިލިޔަން ރުފިޔާ)، ފްރާންސް (8 މިލިޔަން ރުފިޔާ)، ބަންގްލަދޭޝް (7 މިލިޔަން ރުފިޔާ) އަދި އިންޑިއާ (6 މިލިޔަން ރުފިޔާ) އަށެވެ.            

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow