މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ސާވްކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ސާވްކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

57 minutes ago - 13:17

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ނުވަތަ ބަނގުރާ ސާވްކުރަން ރާވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.


މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ދަތުރުތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ނަމުގައި ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ މައުލޫމާތެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


މޯލްޑިވިއަނުން ވަނީ ސައްހަކަން ކަށަވަރު ނުކުރެވޭ މިފަދަ މައުލޫމާތުތައް ފެތުރުމުން ދުރުހެލިވުމަށާއި، ކުންފުންޏާ ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވާ މިފަދަ ދޮގު ވާހަކަތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވިއަނުން ބަޔާނެއް ނެރެފައި މިވަނީ، އެ އެއާލައިންގެ ހިދުމަތްތައް ފުޅާކުރުމުގެ ތެރެއިން އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަން ހިމަނަން އުޅޭކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow