އިލެކްޓްރިކަލް ދާއިރާއިން އަންހެނުން ތަމްރީނު ކުރަނީ
ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި

އިލެކްޓްރިކަލް ދާއިރާއިން އަންހެނުން ތަމްރީނު ކުރަނީ

1 year ago - 10:46
Advertisement
Advertisement

އިލެކްޓްރިކަލް ދާއިރާއިން އަންހެނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ސްޓެލްކޯއިން ތައްޔާރުވެއްޖެ އެވެ.

ސްޓްލެކޯއިން ބުނީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށްދޭން ފަށާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.  'ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'ގެ ނަމުގައި މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ހިލެއެވެ. މިޕްރޮގްރާމްގައި ކަރަންޓާއި ގުޅޭ އަސާސީ ކަންކަން ކިޔަވައިދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މަޢުލޫމާތު މި ކޯހުގައި ކިޔަވައިދޭނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ސްޓެލްކޯއިން މިހާރު ވަނީ ހުޅުވާލާފައެވެ. މީހުން ބިނާކުރުމަށް ސްޓެލްކޯއިން އިންހައުސް ގިނަ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement